
މިއަދު ހެނދުނު އަލިފާން ރޯވީ ހުޅުމާލެ ފޭސް އެކެއްގެ 94 ވަނަ ފުލެޓްގެ 2ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައިކަމަށް އެމްއެންޑީއއެފުން ބުނެއެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު އެޕާޓްމަންޓުން ބޭރަށް ވަރަށް ބޮޑަ ނުކުމެފައި ހުރިތަން އާއްމު ވި ފޮޓޯތަކުން ފެނެއެވެ. އެހެންނަމަވެސް ހާދިސާ ހިނގިތާ މާ ގިނައިރުތަކެެއް ނުވަނީސް ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިއެވެ.
ހުޅުމާލޭގެ ފްލެޓެއްގައި ރޯވެފައި
އެމްއެންޑީޢެފުން ބުނީ އަލިފާން ރޯވި އެޕާޓްމަންޓުގައި 11 ބިދޭސީން ދިރިއުޅެމުން އައިކަމަށެވެ. އަދި އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެެވެ. އެހެންނަމަވެސް މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.