ads
މިނިސްޓަރު ޝިޔާމް
ޔޫރަޕުން މިފްކޯ ބްލެކްލިސްޓު ކުރި ހަބަރަކީ ދޮގެއް: މިނިސްޓަރު
ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތުން އަދި ޔޫރަޕުގެ އެހެން އެއްވެސް ގައުމަކުން ރާއްޖޭގެ އެއްވެސް މަސް ކުންފުންޏެއް ބްލެކް ލިސްޓު ކޮށްފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިފަދައިން ވިދާޅުވީ އިނގިރޭސިވިލާތާއި ޔޫރަޕުގެ ގައުމުތަކުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއި ރާއްޖޭގެ އެހެން މަސްކުންފުނިތައް ބްލެކްލިސްޓު ކޮށްފައިވާކަމަށް ބުނެ ލިޔެ ފަތުރަމުންދާ ދޮގު ހަބަރަކާ ގުޅިގެން އެކަން ސާފުކޮށްދެއްވަމުންނެވެ. 

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އީޔޫ އާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ މަސްކުންފުނިތަކާއެކު ވިޔަފާރި ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފެށޭ ހަފުތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރީގެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް ނޫސްތަކަށް އިލްތިމާސްކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި އެތައް އާއިލާއެއްގެ ދިރިއުޅުން ބަރޯސާވަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު، މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން ލިބޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނޫސްތަކުން ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ. މިފްކޯއިން ވެސް ވަނީ މި ދޮގު ހަބަރު ދޮގުކޮށް، ކުންފުންޏާމެދު އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް