ads
އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ ފޮޓޯ: ޕީއެސްއެމް
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑުގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.
Advertisement

ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް އަށް ބަދަލު ކުރެއްވި އިރު ވިޒިޓް މޯލްޑިވްސް އަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ގެންގުޅޭ ބްރޭންޑިން އެވެ.

އެމްއެމްޕީއާރްސީ ވުޖޫދުވީ 2010 ވަނަ އަހަރު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި އެ ކުންފުނީގެ މަގްސަދަކަށްވީ، ރާއްޖެ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމެވެ. އެމްއެމްޕީއާރްސީގެ މާލީ ހިސާބުތަކުން އެނގޭ ގޮތުން ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ.  

ކުންފުނީގެ ނަން ބަދަލު ކުރުމަށް ރައީސް ނެރުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާގޮތުން ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އެ ކުންފުނިން ގެންނަން ނިންމާފައިވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމަވައިފަ އެވެ.

ވިޒިޓް މޯލްޑިވްސްއަކީ ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރްސީ އިން މިހާރު ވެސް ބޭނުންކޮށް އުޅޭ ޝިއާރެކެވެ. އެމްއެމްޕީއާރްސީގެ ވެބްސައިޓަށް ވެސް ކިޔަނީ ވިޒިޓް މޯލްޑިވްސް އެވެ.

މީގެ ކުރިން ވެސް އެމްއެމްޕީއާރުސީ އިން ވަނީ އެ ކުންފުނީގެ ނަން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފަ އެވެ. ހާއްސަކޮށް އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ކުންފުނީގެ ނަން ކިލަނބުވެފައިވާތީ އެއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީގެ ނަން ބޭނުން ކުރަން އޮތް ދައްޗެއް ކަމަށް އޭރު ފާހަގަކުރި އެވެ.

2014 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ހިންގަމުން އައި ބޮޑެތި ކޮރަޕްޝަންތަކުގެ ސަބަބުންނެވެ. އެ ކޮރަޕްޝަންތަކުން 90 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް