ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެދުނު މަގާމެކެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 23 ގައެވެ. އެހެންކަމުން އޭނާގެ ފަސްއަހަރުގެ ދައުރު މި މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ނިއުމާތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލުމަށް އެދި މަޖިލިހަށް ހުށައަޅުއްވާފައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.