
މާލެއަށް އަސުރަށް ގޮވަނީ 15:38 ގަ އެވެ. އެހެންނަމަވެސް ތިނެއްވެސް ނުޖަހަނީސް، ދެބުރިއަށް ހުންނަ ސަހަރާ މިސްކިތް އޮތީ ޖަނާޒާއަށް އައި މީހުންނާއިގެން ފުރާލާގަ އެވެ.
އަލްސަންގެ ކަށުނަމާދާއި ޖަނާޒާގެ ތެރެެއިން
އާއިލާ މީހުންނާއި ގާތް ތިމާގެ މީހުންނާައިގެންނެވެ. ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއިގެންނެވެ. އުމުރުން 17 އަހަރުގެ އަލްސަންއާއި އެއް ފުރާގެ ކުދިންނާއިގެންނެވެ. އަލްސަން ނުދަންނަ، އެހެންނަމަވެސް ހެޔޮއެދޭ އެތައް ބަޔަކާއިގެންނެވެ.
އަލްސަންގެ ކަށުނަމާދާއި ޖަނާޒާގެ ތެރެެއިން
އަލްސަންގެ މޫނު ދެއްކިލަން ދިޔަ މީހުންނާއިގެން މުޅި ހިސާބަށް އޮތީ ދިގު ކިޔު ދަމާލާފައެވެ. އަލްސަންގެ މޫނު އެޅީ ކިޔުގައި ތިބި އެތައް ބަޔަކަށް އެ މޫނު ދެކިލުމުގެ ފުރުސަތު ނުލިބިއެވެ.
އަލްސަންގެ މޫނު ދެކިލަން އައި މީހުން ކިޔުގައި
އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އެކްސިޑެންޓްވިތާ މާގިނައިރުތަކެއްވެސް ނުވަނީސް އެވެ.
މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ މުހައްމަދު އަބްދުލް ގަނީ އާ މަރިޔަމް އަޝްފާގެ ހަމައެކަނި ހުރި ދަރިފުޅު އަލްސަން ވަކިވުމުން އެތައް ބަޔަކު އަންނަނީ އެ ހިތާމާގައި ބައިވެރިވަމުންނެވެ.
އަލްސަން ކިޔެވި ސްކޫލުން ކޮށްފައިވާ ތައުޒިޔާގެ މެސެޖެއް
މިއަހަރު އޯލެވެލް ހެދި އަލްސަން ކިޔަވާ ނިންމި ސްކޫލް އިސްކަންދަރު ސްކޫލުން އެފްބީގައި ކުރި ޕޯސްޓުގައި ވަނީ ސްކޫލާއި މުވައްޒަފުންނާއި ދަރިވަރުންގެ ނަމުގައި އަލްސަންގެ އާއިލާއަށް ތައުޒިޔާ ރައްދުކޮށްފަ އެވެ.