މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. މިތަނުން އުމުރުން ދޮށީ މީހާއަކީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ މީހެކެވެ. އަނެއް މީހަކީ އައްޑޫ ސިޓީ މީދޫ ޒުވާނެކެވެ.
މި ދެމީހުން ހައްޔަރުކުރީ އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައެވެ.
ބަންދު އަމުރުގައިވާ ގޮތުން މި މީހުން އަތުން ކަނޑިއާއި ވަޅިއާއި ސާޖިކަލް ނައިފް އެއް ވަނީ ފެނިފައެވެ. އަދި ފުލުހުން ފެނުމުން މި މީހުން އަތުގައި އޮތް ސަޖިކަލް ނައިފް ބިންމައްޗަށް ވައްޓާލިކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;