
މިއަދު ބޭއްވުނު އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާގައި މިކަން ހާމަކޮށްފައިވާއިރު، ކުރީ އަހަރު އެ ކޯޕަރޭޝަނަށް ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ. ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން މި ބަދަލުން ދައްކުވައިދޭ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މީގެ ތެރޭގައި ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސަންޓް މަދުކުރުމާއި، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި، ކުރިން އޮތް 21 އިދާރާ ހަ އިދާރާއަށް މަދުކޮށްފައިވާ ކަން ހިމެނެއެވެ. މިކަމުގެ ސަބަބުން ކޯޕަރޭޝަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު ދަނީ 21 އަށް ވުރެ ގިނަ ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، މިހާރު ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެ، ރާއްޖޭގެ ޓޮޕް 10 މާކެޓުން އަންނަ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަން އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ. 2023 ވަނަ އަހަރު 39 ޕަސަންޓު ދަށަށް ދިޔަ އިންޑިއާ މާކެޓް މިއަހަރު ހަތަރު ޕަސަންޓު އިތުރުވެފައިވާކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.