ads
ސްޓެލްކޯ ފްލެޓްތަކުގެ މޮޑެލް
ސްޓެލްކޯ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ފިޔަވަޅުއަޅަން ކޮމެޓީން ނިންމައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
Advertisement

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ "ސްޓެލްކޯ ހިޔާ" ލިބުނު މީހުންގެ ތެރޭ ހިމެނޭ އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންވެސް ކުލި ނުދައްކާކަން ފާހަގަކުރެވިފައިވެއެވެ. މިމައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ގޮތުގައި ސްޓެލްކޯ ފްލެޓް ލިބުނު މުވައްޒަފުންގެ ތެރެއިން ކުލި ނުދައްކާ މުވައްޒަފުންގެ މުސާރައިން ކުލީގެ ފައިސާ އުނިކުރަމުންދާއިރު، އިސް ފަރާތްތަކާ ކުރީގެ ބޯޑު މެންބަރުންގެ އަތުން ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވިފައިވެއެވެ. ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ދެ ލައްކަ ތިން ލައްކަ ރުފިޔާއަށް ކުލި އަރާއިރު ބައެއް ފަރާތްތަކަށް ލުއިދީފައި ބޭތިއްބުމަކީ އިންސާފެއް ނޫންކަމަށެވެ.

ކެލާ ދާއިރާގެ މެމްބަރު ޝަރީފްގެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ތާއީދުކުރެއްވުމާއެކު، ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކޮށްފައިވެއެވެ. ފާސްކުރެވުނު ހުށަހެޅުމުގައި ފްލެޓް ލިބުނު މީހުންނާއެކު ސްޓެލްކޯއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުންޏަށް އަންގަން ހިމެނެއެވެ. ނަމަވެސް، ނުލިބި ހުރި ފައިސާގެ އަދަދާ ގުޅިގެން ކޮމެޓީގައި ދެކެވުނު ވާހަކަތައް ވަނީ ސިއްރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް