
މިއަދު މަޖިލީހުގައި ފަލާހު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ހާލަތު ވަރަށް ގޯސްކޮށް އޮތް ކަމަށާއި، ޑޮލަރު ރޭޓަށް މިހާރު އައިސްފައިވާ ބަދަލުތައް އައިސްފައިވަނީ ކިހިނެއްކަން އެނގޭނީ ކުރީގެ ސަރުކާރަށް ކަމަށެވެ.
މިހާރު އިގްތިސާދު މި އޮތް ހާލަތަށް ގެނެސްދެއްވާފައިވާތީ ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޑޮލަރުގެ އަގު ހުރީ 18.30 ރުފިޔާގައި ކަމަށާއި، މިހާރު ޑޮލަރެއް ލިބެނީ 20.05 ރުފިޔާއަށް ކަމަށް ވެސް ފަލާހު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ އޭޕްރީލް 2024 ގައި ޑޮލަރުގެ އަގު ދެން މައްޗަށް ނާރާނެ ކަމަށާއި އަދި އެ އަގު ތިރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 37 ޕަސަންޓު އިތުރުވެފައިކަން ފަލާހު ފާހަގަކުރެއްވިއެވެ.