
އާދިއްތަ ދުވަހު ދުވަހު މި މުބާރާތުގެ ފައިނަލްގައި ވާދަކޮށް އެއް ވަނަ ހޯދި ޗެލްސީ ފުޓްބޯޅަ ކްލަބަށް ލިބިފައިވަނީ އޭގެ ރެޕްލިކާއެއް ކަމަށް ޓްރަމްޕް ހާމަކުރިއެވެ.
ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މާރިޗު މަހު ވައިޓް ހައުސްއަށް ކުރި ޒިޔާރަތެއްގައި އޮރިޖިނަލް ޓްރޮފީ ޓްރަމްޕަށް ހަދިޔާ ކޮށްފައެވެ. އަދި ޓްރަމްޕް ވިދާޅުވާ ގޮތުގައި އިންފަންޓީނޯ ވަނީ މި ޓްރޮފީ އޯވަލް އޮފީހުގައި "އަބަދަށް" ބެހެއްޓިދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވުނު ފައިނަލްގައި ޕީއެސްޖީ އާ ކުރިމަތިލައި 3-0 ކުން މެޗު ކާމިޔާބު ކުރި ޗެލްސީއަށް ލިބުނީ ރެޕްލިކާއެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
އޯވަލް އޮފީހަކީ އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސް ގޮތުގައި މަސައްކަތްކުރާ ތަނެވެ. މިތަން ހުންނަނީ ވޮޝިންގްޓަން ޑީ.ސީ ގައި ހުންނަ ވައިޓް ހައުސްގެ ވެސްޓް ވިންގް ގައެވެ. އޯވަލް ސިފައިގައި ހުންނަ މި ތަނަކީ ރައީސް ބައްދަލުވުންތައް ބާއްވައި، ގާނޫނުތަކުގައި ސޮއިކޮށް، މެހެމާނުން ގެންނަ އަދި ރަސްމީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ތަނެކެވެ. މި ތަނަކީ އެމެރިކާގެ ރައީސްކަމުގެ ނިޝާނެއްގެ ގޮތުގައިވެސް ބެލެވޭތަނެކެވެ.