
ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދަދު ހާމަކުރާނެކަމަށް އެތައް ފަހަރަކު ސަރުކާރުން ބުނުމަށް ްފަހު އެކަން ހާމަނުކުރާތީ އެތައް ބައެއްގެ ފާޑިކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެކަމާއި ގުޅިގެން ރައީސް އޮފީފީހުން އެންމެ ފަހުން ބުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކޮށްފައި ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަކީ، 922 ކަމުގައެވެ.
ސިޔާސީ މުއްވައްޒަފުން ތިބި މަގާމުތައް
- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
ސިޔާސީ މަޤާމުތަކަށް އްއްޔަނުކުރާ ފަރާތްތައް ވަކިކުރުމާއި އިސްތިޢުފާ ދިނުމާއި، އަދި އަލަށް މީހުން އައްޔަނު ކުރުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.