ads
ރަޝިޔާގެ މަޝްހޫރު އެކްޓަރެއް އާއިލާއެކު ރާއްޖޭގައި
ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 21 ޕަސަންޓު އިތުރުވެއްޖެ
ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިއާ ޓޫރިސްޓުންގެ އަދަދު 21 ޕަސަންޓަށް އިތުރުވެއްޖެއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 138،550 ރަޝިއާ ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 114،101 ރަޝިއާ ޓޫރިސްޓުންނާ އަޅާބަލާއިރު 21.4 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1،190،064 ޓޫރިސްޓުންނެވެ. އެއީ އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއަދަދަކީ 161،853 ޓޫރިސްޓުންނެވެ. ޗައިނާއިން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދުވެސް ވަނީ 19.2 ޕަސަންޓު އިތުރުވެފައެވެ. ދެވަނައިގައި ވަނީ ރަޝިއާއިންނެވެ. އަދި ތިންވަނައިގައި ވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 16.1 ޕަސަންޓު އިތުރުވެފައެވެ.

ރާއްޖޭގެ ޓޫރިޒަމަށް މިވަގުތު 175 ރިސޯޓާއި 877 ގެސްޓްހައުސް ދަނީ ހިންގަމުންނެވެ. މީގެއިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާވެސް ވަނީ ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 64،373 އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް