ads
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ޔާމިން ނެގި ދަރަނިން 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ: ފައްޔާޒް
ޔާމީން ވެރިކަމުގައި ނެގި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ހެދުމުގެ ލޯނު ދަރަނީގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް 60 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒް މިކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ރާއްޖެއަށް ދިން ގެއްލުމަށް ވިދާޅުވެފައިވެއެވެ. 

ފައްޔާޒް ވިދާޅުވި ގޮތުގައި އިންޑިއާގެ ޖީއެމްއާރާ އެއާޕޯޓު ހިންގުން ހަވާލުކޮށްފައި އޮއްވައި އެ އެއްބަސްވުން ބާތިލުކޮށް ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓް ހެދުމަށް ނިންމީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މިއީ "ރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން" ކަމަށެވެ. 

ފައްޔާޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ޕަސަންޓެއް ހިއްސާކުރަނީ ޔާމީންގެ ވެރިކަމުގައި އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ޕްރޮޖެކްޓަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވެފައިވާއިރު، ދައުލަތުން އަންނަ އަހަރު 15 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ދަރަނި އަނބުރާ ދައްކަން ޖެހެއެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ސަރުކާރުން ތައްޔާރުވަމުން ދާއިރު، އެތަން ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް ބޮޑު ހަރަދެއް ކުރާކަމަށް ބުނެ ފައްޔާޒް ފާޑުކިޔުއްވައިފައިވެސް ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް