
ގ. ގާރނެޓ،ް ހަސަން ޔާމީން ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 14 ވަނަދުވަހުއެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ ޔަމީންގެ އެއްވެސް ހަބަރެއް ވެފައި ނުވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުނ،ްކަމަށެވެ.
ފުލުހުން ބުނީ ޔާމީން ގެއްލުނު އްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރ،ު ތުހުމަތުކުރެވޭ އެއްވެސްކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއްނުވާކަމަށާއި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައެއްނުވާކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުނ،ް ތަހުގީގުން ވަނީ ހަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްދީފައިކަމަށްވެސް ފުލުހުން ބުނެއެވެ.
ހަސަން ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅުމަށް ފުލުހުން އެދެއެވެ.