ads
އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާ މަންމަ އާއި ބައްޕަ
ބުރަފަތީގެ ޖެހި މަރުވި ކުއްޖާގެ ތަހުގީގު ރިޕޯޓް އާއްމުކުރަނީ
އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާ މަރުވި ހާދިސާ ތަހުގީގު ތަހުގީގު ރިޕޯޓް އާއްމުކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
Advertisement
މި ކުއްޖާ ނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 8 ވަނަދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޖެނާ ޗެން ކިޔާ ސިންގަފޫރް އަންހެން ކުއްޖެކެވެ. ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި) ކިޔަވަމުން އަންނަ 15 އަހަރުގެ ޖެނާ ރާއްޖެ އައިސް އުޅެނީ ސްޓަޑީ ޓްއާއެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަމަށް އޭރުން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 15 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ތަހުގީގަށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި ފުލުސް އޮފިސަރުން ސިންގަޕޫރަށް ގޮސް ސްޓަޑީ ޓުއާގައި އުޅުނު ދަރިވަރުންނާއި މުދައްރިސެއްގެ ބަޔާން ނަގާފައިވާކަމަށެވެ. އަދި ހުޅުވާލެވިފައިވާ ތަހުގީގެއް ކުރިއަށް ގެންގޮސް، ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓް ކަމާބެހޭ އެންމެހާ އިދާރާތަކަށް ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ގެ ބަޔާނުގައިވެެއެވެ.

މި ކުއްޖާ މަރުވި ހާދިސާ ހިނގިގޮތް ބަލަން އޭނާގެ އާއިލާއިން އަމިއްލަ ތަހުގީގެއް ވަނީ ފަށާފައެވެ. މިިޔަ މަހު އެ ކުއްޖާގެ މަންމައާއި ބައްޕަ އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ މި މައްސަލާގައި ދިވެހި ފުލުހުން ހިންގަމުންދަނީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ޖެެނާގެ މަންމަ ބުނީ އެމީހުްނެގ ދަރިގުޅު މަރަށް އިންސާފު ބޭނުންވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް