ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން
ސްޓޫޑެންޓް ލޯނަށް މިއަހަރު 282.4 މިލިއަން ހަރަދުކޮށްފި
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ވަނީ ސްޓޫޑެންޓް ލޯނަށް ދޫކޮށްފަ އެވެ. އެ މުއްދަތުގައި ލޯނު ދޫކުރީ 1،151 ދަރިވަރަކަށެވެ.

އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 282.4 މިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އެއީ 274 ދަރިވަރަކަށެވެ.

ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ހަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި ވަނީ 768 މިލިއަން ރުފިޔާ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،151 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ ފިރިހެން 543 ދަރިވަރުންނާއި އަންހެން 608 ދަރިވަރުންނެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 863 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު ޖުމްލަ 274 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ފިރިހެން 112 ދަރިވަރުންނާއި އަންހެން 162 ދަރިވަރުން ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ހަރަދު މިދިޔަ އަހަރަށްވުރެ ދަށެވެ. އެގޮތުން މިދިޔަ މަހުގެ 19ވަނަ ދުވަހާ ހަމައަށް ސްޓޫޑެންޓް ލޯނަށް ހަރަދުކޮށްފައި ވަނީ 203.1 މިލިއަން ރުފިޔާ އެވެ. އަހަރު ދެބައިވެފައިވާއިރު، މިއީ މި އަހަރަށް ބަޖެޓުކުރި އަދަދުގެ 26 ޕަސެންޓެވެ. އަދި އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް