
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިއުމާތުގެ މަގާމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.
ނިއުމާތުގެ މަގާމުގެ މުއްދަތު މިމަހުގެ 23 އަަށް ހަމަވާތީ ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފައްދައި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގް އައްޔަންކުރެއްވީ 23 ޖުލައި، 2020 ގަ އެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަކީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، އުފައްދާފައިވާ މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. މިއޮފީހުގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވަނީ ނިއުމާތު ޝަފީގު އައްޔަނުކުރެއްވި ފަހުންނެވެ.