ads
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭގައި. - ފޮޓޯ:އެމްޑީޕީ
އެމްޑީޕީ އަށް ގަވަރުނަރު ގެއްލިއްޖެ! ހޯދަން އެމްއެމްއޭއަށް ގޮސްފި
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރަން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން އެމްއެމްއޭއަށް ގޮސްފި އެވެ.
Advertisement

އެމްޑީޕީއިން ބުނީ އެ ސިޓީއަށް އެއްވެސް ޖަވާބެއް އަދި މިހާތަނަށް އައިއިރު ނުލިބޭ ކަމަށެވެ. އެހެންވެ، ގަވަރުނަރާ ބައްދަލުކުރެވޭތޯ އެމްޑީޕީގެ ޕީޖީ މެމްބަރުން ވަނީ މަރުކަޒީ ބޭންކަށް ވަދެފަ އެވެ. 

ގަވަރުނަރާ ބައްދަލުކުރަން އެދި އެމްޑީޕީ ޕީޖީގެ ފަރާތުން ސިޓީ ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިބްރާހިމް އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި އަހްމަދު މުނައްވަރު، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ވަކިކުރަން އުޅޭކަމަށް އަޑު ފެތުރެމުން އަންނާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ގަވަރުނަރުގެ މަގާމުން މުނައްވަރު ވަކިކުރަން އުޅެނީ، މީކާއިލްއަށް އެނގިވަޑައިގެންފައިވާ ގޮތުގައި، މި ސަރުކާރުން ހިންގަން މަސައްކަތް ކުރަމުން އަންނަ ރަސްމާލެ މަޝްރޫއަށް ދައުލަތުގެ ޔޫސަބަލް ރިޒާވުން ހަރަދުކުރަން ދެކޮޅު ހައްދަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިފަހުން ހިނގި އެކި ބަހުސްތަކުގައި އެމްޑީޕީގެ މެންބަރުން ވަނީ މި ވަގުތު އޮތް އިގުތިސޯދީ ހާލަަތުން އަރައިގަތުމަށް މަނިޓަރީ ޕޮލިސީ ބަލަހައްޓަވާ ގަވަރުނަރު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކޮށްފަ އެވެ.

އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށްވުރެ މަތިވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.

ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފަ އެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

your imageއެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރައީސް ޑރ، މުހައްމަދު މުއިއްޒު

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް, އެ ރޭޓްގައި ޑޮލަރު ގަންނަން ލިބެނެ ކަމަށް ރައީސް މުއިއްޒު ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މި ސަރުކާރުގެ މަސައްކަތުން އެ ބަދަލު އަދި ގެނެވިފަ އެއް ނުވެއެވެ. 

ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް