
އެމްއެމް ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ 4000 ފްލެޓަށް ކުލީގެ ގޮތުގައި ސަބްސިޑައިޒް އަދަދުތަކެއް ތައާރަފުކޮށްފައިވާކަމަށެވެ.
ގަވާއިދުން ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ދައްކަމުންދާ ފަރާތްތަކަށް 100 އިންސައްތަ ސަބްސިޑީއެއް ލިބޭނެކަމަށް ޝަކީލް ވިދާޅުވިއެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓަށް 7000 ރުފިޔާ އަދި 3 ކޮޓަރިއަށް 9000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. މި ކުއްޔަކީ ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ހިމަނައިގެން ހަމަޖަައްސާފައިވާ ކުއްޔެއްކަން ހަމްދާން ފާހަފަކުރެއްވިއެވެ.
އެހެންނަމަވެސް މި ސަބްސިޑީ ލިބޭނީ ކޮންމެ މަހެއްގެވެސް 25 ކުރިން ކުއްލި ދައްކާ ފަރާތްތަކަށްކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެއިތުރުން ފްލެޓްތަކަކަށް 25 އަހަރު ވަންދެން ކުލި ދައްކައިގެން ލީޒްޑް އޯންޑް އެގްރީމެންޓްގެ ދަށުން މިލްކުކުރެވޭނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
އެޗްޑީސީން ކުއްޔަށް ދީފައި ހުރި ފުލެޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހި ނުލިބި ހުރި އަދަދު 894 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ ހިޔާ ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބޭ 628 މިލިއަނާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބިވާ 230 މިލިއަން ރުފިޔާއެވެ.