އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިޔަށްް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ހަވީރު 04:00 ޖަހަންދެންނެވެ. މި މަސައްކަތް ކުރިޔަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑުގައެވެ.
ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް އެކަން އަންގާނީ "ގެދޮރުވެރިންގެ ޕޯޓަލް" މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ. ޕޯޓަލް މެދުވެރިކޮށް ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި އެފްޑީސީން ނުގުޅާނެ ކަމަށާއި މެސެޖު ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުރިހާ ފްލެޓެއް ހަވާލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.