ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބޭހަށް ފުރާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރުކުރަނީ
ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް އަންނަ މަހުން ފެށިގެން ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާސަންދައިގެ ހަރަދުގައި ބޭރަށް ދާ މީހުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރު ލިބޭ ގޮތަށް، އެންސްޕާގެ އެހީގައި ފަރުވާއަށް ދާ މީހުންނަށް ވެސް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ވަރަށް ޑޮލަރު ލިމިޓު ބޮޑުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ބޭންކުތަކުން 1،000 ޑޮލަރު ހަމަޖެއްސުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ މިފަދަ އެންގުމެއް ކަމާބެހޭ ފަރާތްތަކަށް އެންގެވިއިރު، އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި ބޮޑު ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ޑޮލަރުގެ އަގު ވަނީ 20 ރުފިޔާ އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އަމިއްލަ ހަރަދުގައި ފަރުވާއަށް ދާ މީހުންނަށްވެސް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންކަމުން، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެ އެވެ. ރައީސްގެ މި ނިންމެވުމާއެކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް