ގައުމީ ޔުނިވަރސިޓީން، ހުޅުމާލޭން ގަތީ 69،000 އަކަފޫޓުގެ ބިމެކެވެ.
މި ބިން ގައުމީ ޔުނިވަރިސިޓީން ގަތީ، އެޗްޑީސީއަށް 113،257،893 ރުފިޔާއަށެވެ. މި ފައިސާ އެޗްޑީސީއަށް ދައްކައި، ކޯޓު މެދުވެރިކޮށް ގައުމީ ޔުނިވަރސިޓިން މިހާރުވަނީ ހުޅުމާލޭން ގަތް ބިމުގެ މިލްކުވެރިކަންވެސް ހޯދާފައެވެ.
ގައުމީ ޔުނިވަރސިޓީން ހުޅުމާލޭން ބިމެއް ގަތްއިރު، އިސްލާމީ ޔުނިވަރސިޓީންވަނީ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ބިލްޑިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ.