ސްޓެލްކޯއިން ބުނިގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ސަރަހައްދަކަށް ކަރަންޓް ކެނޑިފައިވަނީ ކޭބަލަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
ކަރަންޓް ކެނޑުނު މައްސަލަ ދެނެގަނެ، ކަރަންޓް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔައިރު، މިހާރު ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިފައެވެ.
ކަރަންޓް ނުލިބޭ ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސްޓެލްކޯއިން ބުންޏެވެ. މިއީ ހުޅުމާލޭގައި ކަރަންޓް ކެނޑުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު މާލެ އަދި ހުޅުމާލެ އެއްކޮށް ކަރަންޓްގެ ހިދުމަތް މެދުކެނޑުނެވެ.