ލަންޑަންގެ އޮކްސްފޯޑް ސްޓްރީޓްގައި ހިނގި މި ހާދިސާއާ ގުޅިގެން، އިންސްޓަގްރާމްގައި ހެރީ ކަމަށް ބުނާ މީހަކު ވަނީ އެއީ ކަން ހިނގާދިޔަ ގޮތް ހިއްސާކޮށްފައެވެ.
ހެރީ ބުނެފައިވާ ގޮތުގައި އޭނާ އަކްޝޭ ކުމާރު ފެނުމާއެކު އެއީ އަކްޝޭތޯ ޔަގީންކުރުމަށް އޭނާގެ ފަހަތުން ދިޔައެވެ. އަކްޝޭގެ ފަހަތުން ވީޑިއޯ ނެގުމަށް ފަހު، ކުރިމަތިން ވީޑިއޯ ނަގަން މަސައްކަތްކުރުމުން ރުޅިއައިސް އަކްޝޭ ކުމާރު އޭނާ ފޯނާއި އަތުގައި ހިފައި، ބިޒީވަގުތުތަކުގައި ވީޑިއޯ ނުނެގުމަށް އެދުނެވެ. ނަމަވެސް ފަހުން އަކްޝޭ ކުމާރު ވަނީ މާފަށް އެދި، އޭނާ ފޯނު އަނބުރާ ދިނުމަށްފަހު، ކުޑަ ވާހަކައެއް ދައްކައި، ސެލްފީއެއްވެސް ނަގައި އެކުވެރިކަމާއެކު ވަކިވެފައިވާ ކަމަށް ހެރީ ބުންޏެވެ.
ހެރީ ފާހަގަކޮށްފައިވާ ގޮތުގައި އަކްޝޭ ކުމާރަކީ "ވަރަށް ރަނގަޅު،" މީހެކެވެ.