*225#އަށް ފިތާލައިގެން ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މި އޮފާގެ ދަށުން އެ ކަސްޓަމަރަކަށް ހާއްސަ އޮފާތައް ބަލާލެވޭނެ އެވެ. އެއަށް ފަހު އެ ކަސްޓަމަރަކު ހިޔާރުކުރާ އޮފާއެއް ވަގުތުން އެކްޓިވޭޓްކޮށްލެވޭނެ އެވެ.
މި އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާގެ އިތުރުން ކަނޑައެޅިފައިވާ އެޑް-އޯންތަކުން ހިލޭ ގުޅޭ މިނިޓްސް، ހިލޭ އައިމޯ އަދި ހިލޭ ޓިކްޓޮކް ހިމެނެ އެވެ. މި އޮފާތަކުން ކަސްޓަމަރުންނަށް އަގުހުރި ފައިދާތައް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު އޮފަރތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;