ads
މޯލްޑިވިއަންގެ އޭ 330 ގެ ބޯޓް
މޯލްޑިވިއަންގެ ޓިކެޓް ބުކްކުރަން އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޓިކެޓް ގަތުމުގެ ނިޒާމަށް މުހިންމު ބަދަލެއް ގެނައުމަށް ނިންމައިފި އެވެ.
Advertisement

އެ ކުންފުނިން ބުނީ އަންނަ މަހުން ފެށިގެން ޓިކެޓު ބުކްކުރާއިރު، އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނިގޮތުގައި މިއީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށް، އަދި ކަސްޓަމަރުންގެ ޕްރައިވަސީ އާއި ހަލުވިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ނަމަވެސް ދަތުރުކުރާ ލިޔެކިޔުންތަކާ އެއްގޮތަށް ދަތުރުވެރިޔާގެ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

މި ބަދަލާ އެކު، ޓިކެޓްގައި ދަތުރުވެރިޔާގެ ނަމުގައި ތަފާތެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް މޯލްޑިވިއަން ޓިކެޓިންގ އޮފީހާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަދި 24/7 ކޯލް ސެންޓަރު މެދުވެރިކޮށް ހިލޭ ރަނގަޅު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އައިލޭންޑް އޭވިއޭޝަނުން ވިދާޅުވީ ޓިކެޓު ބުކިން ޕްރޮސެސްއަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެ އެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް