ads
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި
އާދިއްތަ ދުވަހު މާލޭގައި ކުނި ނަގާނީ މެންދުރުފަހު 2 އިން ހަވީރު 6 އަށް
އާދިއްތަ ދުވަހު މާލޭގެ ގޭބިސީތަކުން ކުނި ނަގާނެ ގަޑި ވެމްކޯއިން ބަދަލުކޮށްފިއެވެ.
Advertisement

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން އާދިއްތަ ދުވަހު މާލޭގައި ކުނި ނަގާނީ މެންދުރުފަހު 2 އިން ފެށިގެން ހަވީރު 6 އާ ހަމައަށްކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގައި ކަލެކްޝަން ހިދުމަތަށް މި ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދުމާއެކު، އާންމުންގެ އެއްބާރުލުމަށް ވެމްކޯއިން ޝުކުރު އަދާކޮށްފައިވެއެވެ.

މިނިވަން ދުވަހުގެ ފުޅަނދުބުރު ކުރިއަށް ގެންދިއުމަށްޓަކައި އާދިއްތަ ދުވަހު ރޭގަނޑު 6:30 އިން ފެށިގެން 12 އާ ހަމައަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވެއެވެ. އާންމު ދުވަސްތަކުގައި ވެމްކޯއިން ކުނި ނަގަނީ ހަވީރާއި ރޭގަނޑު ގަޑީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް