ads
ނިޝާން އިއްޒުދީންގެ ލަގަބު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެރުވުމުގެ ތެރެއިން
ރައްޔިތުންނަަށް ކޮށްދެއްވި ހިދުމަތަށް ނިޝާން އިއްޒުދީންގެ ލަގަބު ގާސިމް އަށް
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ ލަގަބު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް މިއަދު އަރުވައިފި އެވެ.
Advertisement

މި އިއްޒަތް އެމަނިކުފާނަށް އެރުވީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއި ދާއިރާއަށާއި އިގްތިސާދީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ދިވެހި ދައުލަތަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާތީ އެވެ. 

your imageދިވެހި ދައުލަތުން ދެއްވާ އެންމެ މަތީ އިއްޒަތް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެރުވުމުގެ ތެރެއިން 

ގާސިމް އިބްރާހިމަށް މީގެ ކުރިން 2013 ވަނަ އަހަރު ވަނީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އަރުވާފަ އެވެ. ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިޔާގެ އިއްޒަތް ގާސިމް އެރުވީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އެރުވި ފަހުން ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއި ދާއިރާއަށާއި އިގްތިސާދީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް މިނެތް މަސައްކަތްތަކެއް ކުރައްވާފައިވާތީކަމަށް ރައީސްގެ ގަރާރުގައިވެ އެވެ. 

your imageދިވެހި ދައުލަތުން ދެއްވާ އެންމެ މަތީ އިއްޒަތް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެރުވުމުގެ ތެރެއިން 

ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިސްލާހާއި ޑިމޮކްރަސީގެ ހަރަކާތްތަކުގައި ގާސިމްވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ. 2001 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އޭރުގެ ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ގާސިމެވެ. އަދި ރާއްޖޭގައި މިހާރު އަމަލުކުރަމުންގެންދާ ގާނޫނު އަސާސީ އެކުލަވައިލައްވައި ނިންމެވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނަވައިގެންނެވެ. 

އޭގެފަހުން ގާސިމް އިބްރާހިމްވަނީ ޖުމްހޫރީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާ އެޕާޓީގެ ލީޑަރުކަން ކުރައްވަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް