ads
"ކަނބުލޮ" ލީޑް ތަރި އައްޒަ ފެން ޕޯސްޓަރެއް
ލޯބީގެ އެތައް މަންޒަރެއް ފެންނަ "ކަނބުލޮ"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި
މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ކަނބުލޮ"ގެ ފުރަތަމަ ޓްރެއިލަރު ދައްކާލައިފި އެވެ.
Advertisement

މި ފިލްމަކީ 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ވާހަކަ ލިޔެފައިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލް ގަނީ އެވެ.

މި ފިލްމުގެ ޓިކެޓް ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާއިރު ފިލްމުގެ ޝޫޓިން ނިންމުމަށްފަހު މިހާރު ކުރިއަށް ދަނީ އެޑިޓިންގެ މަސައްކަތްތަކެވެ. ޓްރެއިލައިން ފެންނަ ގޮތުގައި ފިރިހެނެއްގެ އަނިޔާވެރިކަމާއި އަސަރުން ފުރިގެންވާ ލޯބީގެ އެތައް މަންޒަރެއް މި ފިލްމުގައި ހިމެނޭނެ އެވެ. މި ފިލްމު ޕްރިމިއާ ކުރާނީ އޮލިމްޕަހުގަ އެވެ.

އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް