ads
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ
މޯލްޑިވްގޭސް މާނުގެ މައްޗަށް ބޮޑު ހުކުމެއް
ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ، މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މަދަނީ މައްސަލައެއްގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ، ހަ މަސް ދުވަހުގެ ތެރޭގައި އިސްލާމިކް ބޭންކަށް ދައްކަން ހުކުމެއް ކޮށްފިއެވެ.
Advertisement

ރިޝްވަތުގެ ހަތް ދައުވާއެއް އުފިލި ޝަރީއަތް މިހާރު ކުރިއަށްދާ، މައުމޫންގެ މައްޗަށް އިއްވި ހުކުމަކީ އިސްލާމިކް ބޭންކް މެދުވެރިކޮށް ރެހެންދި ފްލެޓެއް ބައްލަވައިގަނެ، އެތަނަށް ފައިސާ ނުދައްކައިގެން ކުރި ހުކުމެވެ. 

މިއީ، ރައީސް ޔާމީންގެ ވެރިކަމުގައި، މައުމޫން މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުންނަވައިގެން ބައްލަވައިގެންނެވި ފްލެޓެކެވެ. 

މި ފްލެޓުގެ އަގަކީ ދެ މިލިއަން ދެ ލައްކަ ފަންސާސް ހާސް ރުފިޔާއެވެ. އޭގެ ތެރެއިން މައުމޫން ނުދައްކައި އަދި މިލިއަނެއްހާ ރުފިޔާ އޮތްކަން، އޭނާގެ މައްޗަށް ކުރި ހުކުމުން އެނގެއެވެ. މިލިއަނެއްހާ ރުފިޔާގެ ހުކުމެއް މިދިޔަ ހަފްތާގައިކޮށްފައިވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާށެވެ.

މި ހުކުމް މައުމޫންގެ މައްޗަށް އިއްވާފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާ ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 22 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް