ads
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން ދިވެހި ރާއްޖެ ޖަހާފައި
ގައުމީ އެއާލައިން ބޯޓުތަކުގައި ތާނައިން ރާއްޖޭގެ ނަން
ގައުމީ އެއާލައިންގެ މޯލްޑިވިއަން ބޯޓުތަކުގައި ތާނައިން ރާއްޖޭގެ ނަން ޖަހައިފިއެވެ.
Advertisement

މޯލްޑިވިއަނުން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޯޓުތަކުގައި ތާނައިން ލިޔަން ފަށާފައިވާކަމަށެވެ. އެގޮތުން ހުރިހާ ބޯޓުތަކުގައި "ދިވެހިރާއްޖެ" ނަން ލިޔަން ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގެ ނަން ތާނައިން ލިޔެފައި ވަނީ  ބޯޓުތަކުގެ ބޭރުގައި ކުރަހާފައިވާ ރާއްޖޭގެ ދިދައިގެ ތިރީގައެވެ.

މި ބަދަލު އެންމެ ފުރަތަމަ ފެނިފައި މިވަނީ މޯލްޑިވިއަންގެ ފްލީޓްގައި ބޭނުންކުރާ އެންމެ ބޮޑު ބޯޓުންނެވެ. އެގޮތުން އިއްޔެ ބޭނުންކުރަން ފެށި ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ޖެއްސި މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުން މި ބަދަލު ވަނީ ފެނިފައެވެ. މީގެ އިތުރުން މޯލްޑިވިއަނުން ބޭނުންކުރާ ސީ ޕްލޭންތަކުގައިވެސް ތާނަ އަކުރުން ނަން ވަނީ ޖަހަން ފަށާފައެވެ.

your imageގައުމީ އެއާލައިން މޯލްޑިވިއަންގެ ސީ ޕްލޭންގައި ތާނަ އަކުރުން ދިވެހި ރާއްޖެ ޖަހާފައި 

މޯލްޑިވިއަންގެ މި ބަދަލާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރު އާދަމް ނަސީރުވަނީ މަރުހަބާ ދަންނަވައިފައެވެ. މިނިސްޓަރު އެފްބީގައި ކުރި ޕޯސްޓެއްގައި ވަނީ މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް