ads
4000 ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރަނީ
ފްލެޓް އެގްރީމަންޓުތަކުގައި އަނެއްކާވެސް ސޮއިކުރަން ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރެވޭ 4،000 ފްލެޓްގެ އެގްރީމަންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިވަން ދުވަހުގެ ބަންދަށް ފަހު މިއަދު އެފްޑީސީން އަނެއްކާވެސް ފަށައިފިއެވެ.
Advertisement

މިހާތަނަށް 71 މީހަކާއެކު އެގްރީމަންޓުގައި ސޮއިކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން އިތުރު 2،665 މީހެއްގެ މައުލޫމާތު ފޮނުވާފައިވާތީ، އެ ފަރާތްތަކާއެކު އެގްރީމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

 އެގްރީމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތައް ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ފެށުމަށް އެފްޑީސީން ނިންމާފައިވެއެވެ. ފްލެޓަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް 15،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 25،000 ރުފިޔާއެވެ. 

އެފްޑީސީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާ، ފްލެޓްތަކުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް