ads
ލަންކާގެ ރައީސް ސަލްޓަން ޕާކްގައި ގަސް އިންދަވަނީ - ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ ރައީސް ސަލްޓަން ޕާކުގައި މޫނިމާ ގަހެއް އިންދަވައިފި
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސަލްޓަން ޕާކުގައި "މޫނިމާ" ގަހެއް އިންދަވައިފި އެވެ.
Advertisement

މި ގަސް އިންދެވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސަލްޓަން ޕާކުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިންނެވެ. 

ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެކެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަނޫރާއަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުއިއްޒުއެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް ސަލްޓަން ޕާކުގައި ގަހެއް އިންދެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް