ads
ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު
ހަސަން ސާބިރުގެ ތައުޒިޔާ ދަފްތަރު ހުޅުވައިފި
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިފިއެވެ.
Advertisement

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ހަސަން ސާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހު، މިދިޔަ ހޯމަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސާބިރުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާފައިވަނީ ވެލާނާ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފީހުގައެވެ. މި ދަފްތަރުގައި އެންމެ ފުރަތަމަ ލިޔުއްވާ ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބުރާހިމާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަ ހަލީލެވެ.

ދަފްތަރުގައި ސޮއިކުރުމަށް ހުޅުވާލާފައިވަނީ އާންމުންނަށްވެސް ކަމަށާއި އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ދަފްތަރު ހުޅުވާފައި ހުންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަސަން ސާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ. އަދި އެމަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން ހިތާމައިގެ ގޮތުން 29 ޖުލައިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ހަސަން ސާބިރަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށާއި ބޭރު ގައުމުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް