ads
ރައީސް މުއިއްޒު
ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެެއް ތަހުގީގުކުރަން ފަށައިފި އެވެ.
Advertisement

ރައީސް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް މުއިއްޒު އެންގެވި ހަބަރާއި ގުޅިގެންނެވެ.

ފޭސްބުކްގައި ރައީސަށް މަރުގެ އިންޒާރު ދީފައިވަނީ މަސީހު މޫސާ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅަން ރައީސް މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށް، ރޭ އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް