ފޭސްބުކްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން މީޑިއާއެއްގެ ހަބަރެއް ޝެއާކުރުމަށްފަހު، މަސީހު މޫސާ ނަމަކަށް ކިޔާ މީހަކު ކުރި ފޭސްބުކްގައި މިއަދު ކުރި ޕޯސްޓުގައި ބުނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް ކަމަށެވެ. އެއާއެކު، އެ މައްސަލަ ތަހުގީގުކުރަން ފުލުހުން ފެށި އެވެ.