
އެ ކުންފުނި އުފެދުނު ފަހުން މިހާތަނަށް ރާއްޖެ އަށް މުވާސަލާތީ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ވަރަށް ގިނަ އެވެ. އެ ކުރިއެރުންތަކާއެކު މުވާސަލާތީ ރޮނގުން ރާއްޖެ ވަނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަށްވެފަ އެވެ.
މިއަދަކީ އުރީދޫއަށް ވަރަށް ހާއްސަ ދުވަހެއް
އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ މީގެ 20 އަހަރު ކުރިން 1 އޯގަސްޓް 2005 ގަ އެވެ. އުރީދޫއާއެކު ރާއްޖޭގެ ޓެލްކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ދޭން ފެށީ ވަނަތިއްޔާގެ ނަމުގަ އެވެ.
މިއަދަކީ ރާއްޖެ އަށް ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު މުއާސަލާތީ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންއަންނަ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު 4:30 އިން 6:00 އުރީދޫގެ ހެޑްކުއާޓާއިން އައިސްކްރީމް ބަހާން އެކުންފުނިން ވަނީ ނިންމާފަ އެވެ. އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތައް ރާވައި ހިންގަމުންނެވެ.
ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ
މުވާސަލާތަކީ ހިދުމަތައް ވަރަށް ބޮޑަށް ބަރޯސާވެފައިވާ މި ޒަނާމުގައި ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ވެސް މުހިއްމު ސިނާއަތެކެވެ. އަދި ރާއްޖެ އަށް ލިބިފައިވާ ތަރައްގީ އާއި ކުރިއެރުމުގައި އުރީދޫގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދައި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ޕްލޭނާ އެކު ވަތަނިއްޔާ "އުރީދޫ މޯލްޑިވްސް" އަށް 2013 ވަނަ ރީބްރޭންޑު ކުރި އެވެ.
އެއަށްފަހު ނިމުނު 20 އަހަރުގައި ވެސް އުރީދޫން އަންނަނީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކޮށް، ހަލުވި ސްޕީޑާއެކު އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމެވެ. އަދި އެ ކުންފުނީގެ 20 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ދުނިޔެއިން ފާހަގަ ކުރެވޭ ބޮޑެތި އިންގިލާބީ ބަދަލުތަކެއް ތައާރަފްކުރި އެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކަށް ހައްކު ގެނެސްދީ މުޅި ރާއްޖެ ގުޅުވާލަދިނެވެ.
އައްޑޫގައި އޮތް އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމް ފެހުރިހި -- ފޮޓޯ: އުރީދޫ
ޓެކްނޮލޮޖީގެ ކުރިއެރުމާއި އިޖްތިމާއީ ޒިންމާ އަދާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަކީ ވެސް އުރީދޫން ހޯދަމުން އަންނަ ބޮޑު ކުރިއެރުމެކެވެ.
އެގޮތުން އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް 2025ގައި އުރީދޫ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް އުރީދޫ އަށް ވަނީ ލިބިފަ އެވެ.
އުރީދުއަށް ލިބުނު ދެ އެވޯޑަކީ:
ގޯލްޑް ސްޓީވީ އެވޯޑް (އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒް) - ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫގެ ދައުރު ފާހަގަކުރުމަށް
ސިލްވާ ސްޓީވީ އެވޯޑް (އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) - އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން އެހީއަށް
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އެވެ.
އުރީދޫން ދެކެނީ ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ފުޅާވެ ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް އެ ޓެކްނޮލޮޖީގެ ޒަރީއާ އިން ހެޔޮ ބަދަލު ގެނެސް ކޮންމެ މީހަކު ވެސް ދެކޭ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ އިން އެހީތެރިވެދޭން ޖެހޭ ކަމަށެވެ.
އެކަމަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކަާއި ހިދުމަތް ދިވެހިންނަށް ގެނެސް ދިނުމުގައި 19 އަހަރު އުރީދޫން މަސައްކަތް ކުރީ ދިވެހިންގެ އަޑުއަހާ ދިވެހި ސަގާފަތާއި އާދަކާދައަށް ވެސް ބަލަމުން ދިވެހިވަންތަކަށް އެ ކުންފުނީގެ ކޮންމެ ހިދުމަތެއްގައި ޖައްސަމުން ނެވެ.
ފަން ރަންގެ ބައިވެރިން ރޭސް ފެށުމުގެ ކުރިން ވޯމްއަޕްކުރަނީ: މި ރަންގައި މި އަހަރު ވެސް 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި
އުރީދޫކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ވެސް ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. ނިނުނު ހިދުމަތުގެ ދިގު ތާރީހުގައި އުރީދޫން އަންނަނީ ތަފާތު އެތައް އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެދެމުން ނެވެ. އެކަމުގައި ޒުވާނުން ބާރުވެރި ކުރުވުމާއި ދުޅަހެޔޮ ސިއްހަތާއި ކުޑަކުދިންގެ ހައްގުތަކާއި ދުވަސްވީ މީހުންގެ އިހްސާސްތަކަށާއި ހިޖުރަވެރިންނާއި މަސައްކަތްތެރީންގެ ހައްގުގައި އުރީދޫއިން އަންނަނީ އަބަދުވެސް ބަސްބުނެ އެހީ ވަމުން ނެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކަށް ފާހަގަވަނީ އުރީދޫގެ މަސްރޭހެވެ. މިއީ ވަރަށް ގިނަ އޮފީސްތަކާއި ކުންފުނިތަކުގެ ޒުވާނުން މުވައްޒަފުންގެ ތަފާތު ހުނަރު ފެނިގެންދާ އިޖްތިމާއީ އަދި ދިވެހިންގެ މަސްވެރިކަމުގެ ލޭނާރަށް ދިރުން ގެނެސްދޭ ހަރަކާތެކެވެ.
ފާއިތުވި އަހަރެއްގެ އުރީދޫ މަސްރޭހުގައި ބައިވެރިވި ޓީމެއް. - ފޮޓޯ: އުރީދޫ
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
ދިވެހިންނަކީ ޓެކްނޮލަޖީއަށް އަހުލުވެރި, އެންމެ ފަހުގެ ވަސީލަތްތަކާއި ރައްޓެހި, އެންމެ ފުރިހަމަ އަށް މުވާސަލަތީ ގޮތުން ގުޅިފައި ތިބި ބަޔަކަށް ހެދުމަށް އުރީދޫން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު އުރީދޫން އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ ކަންތައްތަކަކީ ވެސް ދިވެހިން ބަލައިގަންނަ ކަންތައްތަކެކެވެ. އަދި އެއީ އެ ކުންފުންޏަށް ޝުކުރު ހައްގު ކަންތައްތަކެކެވެ.