ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި
ޕެންޝަން ފަންޑުން ގެދޮރުވެރިޔާ ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ
ދައުލަތުގެ ޕެންޝަން ފަންޑުން ގެދޮރުވެރިޔާ ފުލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ޕެންޝަން އޮފީހާއެކު މަޝްވަރާ ކުރާކަން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބުނެފިއެވެ.
Advertisement

4000 ފްލެޓް ލިބުނު މީހުންނާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނައިރު ފުލެޓުތަކުގެ އެޑްވާންސަށް ދައްކަން ޖެހޭ ފައިސާ އިތުރުކުރުމުން އެކަމުގެ ކަންބޮޑުވުންތައް އަންނަނީ ގިނަ ބަޔަކު ފާޅުކުރަމުންނެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމާ ފްލެޓްތައް ހަވާލުކުރާނީ އެޑްވާންސް ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށެވެ. އެގޮތުން އެ ފައިސާ ދައްކަން ވަކި މުއްދަތެއް ނެތްނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ފައިސާ ދައްކާ ނިންމާ ފަރާތްތަކަށް ފެލްޓުތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުން ގެދޮރުވެރިޔާ ފުލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ޕެންޝަން އޮފީހާއި އެކު މިއަދު މަޝްވަރާކުރާނެކަމަށެވެ. 

މި ސަރުކާރުން ވަނީ 4000 ފްލެޓްތަކުން ތިން ކޮޓަރީގެ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި 25،000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި 15,000 ރުފިޔާ ނެގުމަށް ނިންމާފައެވެ. އަދި މިދިޔަ ސަރުކާރުގައި ފްލެޓްތަކަށް ނެގި ކުލިވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. 

އެމްޑީޕީ ސަރުކާރުގައި ނިންމީ ތިން ކޮޓަރީގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި 8000 އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި 6000 ރުފިޔާނެގުމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 7،000 ރުފިޔާ ނެގުމަށް ނިންމާފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 9،000 ރުފިޔާ ނެގުމަށް ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް