މި ބިލު ފާސްކުރީ ސަރުކާރަށް ތާއީދުކުރާ 51 މެންބަރުންގެ ވޯޓާއެކުއެވެ. އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ.
މި ބިލު ފާސްނުކޮށް އަނބުރާ ގެންދިޔުމަށް ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ގޮވާލާފައިވާ ކަމަށް އެމްޑީޕީ މެންބަރުން ދިޔައީ ބުނަމުންނެވެ. އަދި އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ. މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;