ads
"ލޯބިން" ގެ ޕޯސްޓަރެއް
ލޯބިން މިރޭ ޕްރިމިއާ ކުރަނީ
ފިލްމު "ލޯބިން" މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެއެވެ.
Advertisement

މީ މިއަހަރު އޮލިމްޕަސް ސިނަމާއަށް އަންނަ ތިންވަނަ ފިލްމެވެ. 

"ލޯބިން" އަކީ މީގެ ކުރިންވެސް މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ އިލްޔާސް ވަހީދު (އިއްލެ)ގެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީވެސް އިއްލެއެވެ. 

"ލޯބިން" އަކީ ހަށިވިއްކުމުގެ ތެރޭގައި އުޅެން ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. 

އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ 'ލޯބިން' ގެ ލީޑް ތަރިންނަކީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.

މީގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މީގެއިތުރުން އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އައިޝަތު ގުލްފާމް ވެސް ފިލްމުގެ ކާސްޓުގައި ހިމެނެއެވެ. 

އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ޖޫން 17 ގައި ޕްރީމިއާކުރި  ފާތުމަތު ނަހުލާގެ "ސޮރީ" އެވެ. މި ފިލްމު ސްކްރީނުން ނެގީ މިދިޔަމަހުގެ 31 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް