މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2023 ވަނަ އަހަރުގެ މާލީ އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 13.2 ބިލިއަން ރުފިޔާ، 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ދައުލަތަށް ނުލިބި އެބަހުއްޓެވެ. އެއީ ޓެކްސްއާ ގުޅިގެން ލިބެން ޖެހޭ ފައިސާއާއި، މީރާއިން އެޑްމިނިސްޓްރޭޓް ކުރާ ނޮން ޓެކްސް ފައިސާއެވެ.
ދައުލަތަށް ލިބެން ޖެހޭ 13.2 ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާ ކުރަނީ ރިސޯޓްތަކުގެ ކުއްޠެވެ. އެއީ ނުލިބި ހުރި ފައިސާގެ 45 އިންސައްތައެވެ. އެއަށް ފަހު، ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ 22 އިންސައްތަ ނުލިބި ހުރިކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފްސީލް