މިއީ، ލިއޯ ކުންފުންޏާ، ވެމްކޯއާ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ލިއޯއިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތުގައި ވެމްކޯއިންވަނީ އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ 12 މަސް ދުވަހަށް ބަހާލައިގެން ދައްކަން އެދިފައެވެ. އެހެންނަމަވެސް އެކަމާ ލިއޯ ކުންފުނިން އެކަމާ ދެކޮޅު ހެދުމުން ޝަރީއަތުން ނިންމީ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވެމްކޯއަށް އަންގައި ހުކުމް ކުރާށެވެ.
މި މައްސަލައިގައި ބުދަ ދުވަހު، ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ އިއްވި ހުކުމަކީ، ތިން މަސް ދުވަހުގެ ތެރޭގައި ލިއޯ ކުންފުންޏަށް، ތިން މިލިއަން ހަތަރު ލައްކަ އަށްޑިހަ އަށްހާސް، ދުއިސައްތަ ހަތްދިހަ ރުފިޔާ ތޭވީސް ލާރި، ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ނިންމާށެވެ.