
ދައުރުވަމުންދާ ސްކޭމް - ފޮޓޯ: ޕޮލިސް
ސަމާލު: ގެދޮރުވެރިޔާ ސްކީމަށް އަލުން ފޯމްލާން ހުޅުވާލިކަމަށް ބުނެ ސްކޭމެއް!
އަލީ މިދުހަތު
07 އޯގަސްޓް 2025 - 12:36:34
ގެދޮރުވެރިޔާ ސްކީމަށް އަލުން ފުރުސަތު ހުޅުވާލި ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ، މި ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށް ބުނެ މެސެޖެއް ދައުރުވަމުންދާ ކަމަށެވެ.
އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޮނުވާ އެ މެސެޖުގައި ވެބްސައިޓުން އާ ފޯމު ލިބެން ހުންނާނެ ކަމަށް ބުނެ ސްކޭމް ލިންކެއް ވެސް ހިމަނާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ ލިންކާ އެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
އެކި ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި ސްކޭމް މެސެޖު ފޮނުވުމުގެ މައްސަލަ ވަނީ އިތުރުވެފަ އެވެ. އެފަދަ މެސެޖުތަކުގައި ހިމެނޭ ލިންކްތަކަށް ނުވަނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް