މިއަދު މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިއުމުގެ ބަދަލުގައި، އައްޑޫއިން މަހަށް ވެލިއު އެޑްކޮށް، ސީދާ އެތަނުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިފްކޯއިން އިތުރަށް ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވަލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ގަންނަ މަހަށް ވެލިއު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ސަރުކާރާއި މިފްކޯގެ މުހިންމު އެއް އަޒާމު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.