
ގުރައިދޫ ކައުންސިލުން ބުނީ އެރަަށުން އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް 06 ބިން ވިއްކުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.
އެ ކައުންސިލުން ބުނީޯ ގޯއްޗެއްގެ އަގަކީ ކުޑަވެގެން އަކަފޫޓަކަށް 750 ރުފިޔާކަމަށެވެ. އަދި ގޯތ ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ފޮތް ވިއްކާނީ 20،000 ރުފިޔާއަށްްކަމަށާއި ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ޕްރޮސެސިންފީގެ ގޮތުގައި ކައުންސިލަށް 30،000 ދައްކަން ޖެހޭނެކަަމަށްވެސް ގުރައިދޫ ކައުންސިލުން ބުނެއެވެ.
ގުރައިދޫން ވިއްކަން ނިންމާފައިވާ ހަ ގޯތިން ކޮންމެ ގޯއްޗެއްގެ ސައިޒަކީ 2214.28 އަކަފޫޓްއެވެ.
ގުރައިދޫ ކައުންސިލުން ބުނީ މިއަދުން ފެށިގެން މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ 09:00 އިން 13:00 އަށް ކައުންސިލުގެ ރިސެޕްޝަނުން ބިޑް ފޮތް ގަންނަން ލިބޭނެކަމަށެވެ. އަދި ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށައަޅަން ޖެހޭނީ މިމަހުގެ 20 ވާ ބުދަ ދުވަހު 13:00 ގައިކަމަށެވެ.
މި ގޯތިތަކާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 6640072 ނަންބަރަށް ގުޅުމަށް ކައުންސިލުން އެދެއެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް ވަނީ 15 ހެކްޓަރުގެ ބިން އިތުރުކޮށްފައެވެ. އަދި 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫޢުއަކީ 85.04 މިލިއަން ރުފިޔާއެވެ.