ads
ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި
ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން ގައުމުގެ ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، މުޖްތަމައުގައި ހިމެނޭ ހުރިހާ ފަރުދުން އެކުގައި ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޒުވާނުންގެ އަޑުތައް އަހައި ސިޔާސަތުތައް ކަނޑައަޅުމާއި ނިންމުންތައް ނިންމުގައި ބައިވެރިކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގައުމަށް ތަރައްގީ ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައާއި މުޖްތަމައުގެ ތެރެއިންނާއި ލާމަރުކަޒީ ނިޒާމާއި ބައިނަލްއަގްވާމީ މައިދާނުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެންޖެހޭ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރު ތަރައްގީ ކުރެއްވުމަށް އެކިއެކި މަގާމުތަކުގައި ތިބި މީހުންގެ ރޯލް ބޮޑު ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ޒުވާނުންގެ މުސްތަގްބަލް ބިނާކުރުމަށް ރަނގަޅު ވަސީލަތްތައް ފަހިކޮށްދެއްވުމަށް ރައީސް އެދިލެއްވި އެވެ.

ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރު އެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް