ސައީދު ބޭސްފަރުވާއަށް އިންޑިއާއަށް ދާން އެދުމުން ޕީޖީ އޮފީހުން ކުރިން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްދޭން ކްރިމިނަލް ކޯޓަށް ލަފާދީފައެވެ.
ޕީޖީ އޮފީހުން ބުނީ ބޭސްފަރުވާއަށް ސައީދު އިންޑިއާއަށް ދިޔުމަށް ހުއްދަ ދޭން އިއުތިރާޒެއް ނެތް ކަމަށް ކްރިމިނަލް ކޯޓަށް ކުރިން އެ އޮފީހުން ލަފާދިނީ ސައީދުގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އެެހެން ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ސަބަބެއްކަމަށް ބުނީ ފުލުހުންގެ ފަރާތުން ހުށައެޅި އިންޓެލިޖެންސް ރިޕޯޓަށް ބުރަވެ, ޕާސްޕޯޓް ދޫނުކުރަން އެދުނީ ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓްގެ ތަފްސީލަކަށް ޕީޖީން އޮފީހަކުން ނުދެއެވެ.
އޭސީސީން ވަނީ ކޮރަޕްޝަން މައްސަލަތަކެއްގައި ސައީދަށް ދައުވާ ކުރަން ފޮނުވާފަ އެވެ. އަދި އޭނާއާ ގުޅޭ ބޮޑު ހަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ. މި ތުހުމަތުތައް ކުރެވުނަސް ސައީދު ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.