ads
އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނުން މައްޗަށް
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނުން މައްޗަށް އަރައިފިއެވެ.
Advertisement

ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާކޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް  އައި ފަތުރުވެރިން އަދަދު ވަނީ 1.3 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. 

މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައީ 1,261,503 ފަތުރުވެރިންނެވެ.

މިހާތަނަށް އައި ފަތުރުވެރިން ޗުއްޓީ ހޭދަކުރިގޮތް

  • ރިސޯޓުތަކުގައި 1,008,081 ފަތުރުވެރިން 
  • ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި 36,519 ފަތުރުވެރިން 
  • ސަފާރީތަކުގައި 28,354 ފަތުރުވެރިން

މިއަަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރިވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަކީ 208،069 އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ޔޫކޭއިން މިހާތަނަށް  126,906 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ހަތަރު ވަނައިގައި އޮތް އިޓަލީން 98,482 ފަތުރުވެރިން ރާއްޖެ އައިރު ފަސްވަނާގައި އޮތް ޖަރުމަނުވިލާތުން މިހާތަނަށް 95,454 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 

މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް