ads
ބޮޑުވަޒީރު މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވަނީ
އިންޑިއާއަކީ އަބަދު ވެސް އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އެ މަނިކުފާނު މިހެން ވިދާޅުވީ  އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް މުއިއްޒު  އެކްސް ކުރެއްވި ޕޯސްޠެއްގައި ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ ގައުމު ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

"އިންޑިއާއަކީ އަބަދު ވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ. 

އެ ދަތުރުފުޅުގައި ރާއްޖެއާ އެކު އިންޑިއާއިން ސޮއިކުރި  އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް