ads
މައުރޫފް ރަސްމާލޭގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަނީ
ހިއްކުނު ވަރު ބަލަން އެމްޑީޕީ ޕީޖީ ގްރޫފް ރަސްމާލެއަށް
މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގަން ނިންމާފައިވާ ރަސްމާލޭގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން އެ ތަނަށް ހިގައްޖެއެވެ.
Advertisement

ރަސްމާލޭގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އެ ޓީމުން ރަސްމާލެއަށް އަންނަން ޖެހުނީ ރައްޔިތުން މަޖިލީހުގެ ތެރެއިން އެ މަޝްރޫއާއި ގުޅޭ މައުލޫމާތު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުންކަމަށެވެ. އަދި ރަސްމާލެއަށް އަައީ ސަރުކާރުން އެބުނާ ސްޕީޑުގައި މަސައްކަތް ހިގާތޯ ބަލަންކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. 

" ދިވެހި އެންމެހާ ރައްޔިތުން ވަރަށް ބޮޑު އުއްމީދެއްގައި ރައީސް މުއިއްޒަށް ވޯޓް ދީނީ މިތަނުން ގެވަޅު ލިބި މިތަނުން ފްލެޓް ލިބި މިތަނުގައި ދިރިއުޅުމުގެ އުއްމީދުގައި. އަޅުގަނޑުވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މި ތަނަށް، މިތަން ނިމުނުހާ އަވަހަކަށް." ރަސްމާލޭގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރަސްމާލެއަށް ގޮސް ބަލާލުމުން އެނގުނީ އަދި ހިއްކުނީ 100 އެއްހާ ހެކްޓަރުގެ ބިންކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި ވާހަކަ ދައްކާލުމުން އެމީހުންނަށް މުސާރައާއި އިނާޔަތްތައް ރަނގަޅަށް ނުލިބޭކަން އެނގުނުކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. 

މި މަސައްކަތުގައި އުޅުނު އެއް ޑްރެޖާ ފައިސާ ނިލިބިގެން ފުރާފައިވާއިރު ކައިރީގައި އޮތް ގުޅިން ދީފައިވާ ބައެއް ހިދުމަތްތަކަށް ފައިސާ ލިބިފައި ނުވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓްރީން ބުނެއެވެ.  

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެއްކަމަށާއި މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި،  26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް